-Advertisement-

-Advertisement-

ހޫނު ގަދަވުމުގެ ސަބަބުން ހައްޖުވެރިންގެ ބަޔަކު މަރުވެއްޖެ

ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

އުރުދުންއާއި އީރާނުން ހައްޖަށް ދިޔަ ހައްޖާޖީންގެ 19 މީހަކު ހޫނުގަދަވުމާއި އެހެނިހެން ސަބަބުތަކާ ކުރެ މަރުވެއްޖެކަމަށް އެ ޤައުމުތަކުން ހާމަކޮށްފިއެވެ.

އުރުދުންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ 14 މީހަރު ހޫނުގަދަވުމުގެ ސަބަބުން މަރުވެފައިވާ އިރު 17 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ހަމައެހެންމެ އީރާނުގެ ރެޑް ކްރެސެންޓުން ވެސް ވަނީ މައްކާއާއި މަދީނާގައި މި އަހަރުގެ މިހާތަނަށް އީރާންގެ 5 މީހަކު މަރުވެފައިވާކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް އީރާނުގެ ރެޑް ކްރެސެންޓުން އެ 5 މީހުން މަރުވި ސަބަބު ހާމައެއް ނުކުރެއެވެ.

މި ދުވަސްވަރު ސައޫދީގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އެ ޤައުމުން ވަނީ ހޫނުން ރައްކާތެރިވުމުގެ ގޮތުން ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅައިފައެވެ.

މަރުގެ އަދަދު ގިނަވުމާ ގުޅޭ ގޮތުން ސައޫދީން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. މި އަހަރު ދެ މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވަމުން ދާއިރު ސައޫދީ އަރަބިއްޔާއިން ކުރިން ވެސް ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށް ވުރެ މި އަހަރު ހައްޖު މޫސުމާ ދިމާކޮށް ހޫނު ގަދަވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވާން އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-