ސައުދީ އަރަބިއްޔާގައި ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުރިގޮތުގެ ފުރިހަމަކަމުން ސައުދީ އަރަބިއްޔާގެ ސަރުކާރަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
އެގޮތުން އިއްޔެ އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ރައީސް ފޮނުއްވި ސިޓީކޮޅުގައި ހައްޖުގެ މަތިވެރި މި ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަން އަދި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމް އުއްމަތުން ދަމަހައްޓައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން މި އުއްމަތަށް މިންވަރު ކުރެއްވުން އެދި ދުއާކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.
އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި ރައީސް ސައުދީގެ ބޮޑުވަޒީރާއި ސައުދީ ސަރުކާރު އަދި ސައުދީގެ އެންމެހާ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިކަމަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިރުކޮށްފައެވެ.