-Advertisement-

-Advertisement-

ވޯކް ޕާމިޓް އޮތަސް ރަށްރަށުން ވަކި ޕާމިޓެއް ނަގަން ޖެހޭ ގޮތް ހަދަނީ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން. ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން ވޯކް ޕާމިޓުގެ އިތުރަށް އެ ރަށެއްގައި މައްސައްކަތް ކުރުމަށް ވަކި ހުއްދައެއް ނަގަން ޖެހޭ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު އެ މިނިސްޓްރީން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް “އޮޕަރޭޝަން ކުރަނގި” ނަމުގައި ޕްރޮޖެކްޓެއް ފަށާފައެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ފުރަތަމަ ފެށީ ކ. ހިންމަފުށީގައެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރަން ވަނީ ނިންމައިފައެވެ. ހަމައެއާއެކު ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ފަހު، އެ ޑޭޓާ ސިސްޓަމްގެ އެކްސަސް ކައުންސިލްތަކަށް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށް މިނިސްޓަރު އިޙުސާން ވަނީ ވިދާޅުވެފައެވެ.

އެ ރަށެއްގައި މަސައްކަތް ކުރާ ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ކައުންސިލްތަކުގެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރައްވާނޭ ކަމަށް ހޯމް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-