-Advertisement-

-Advertisement-

ޕޭ ކޮމިޝަން ކައުންސިލްތަކުގެ ދަރަޖަ މަތިކޮށްފި

ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީއެސްއެމް ނިއުސް

ޕޭ ކޮމިޝަނުނުގެ ފަރާތުން ކައުންސިލްތަކުގެ ދަރަޖަ 4 އިން 3 އަށް މަތިކޮށްފައިވާކަމަށް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީ ‘ޕީއެސްއެމް’ ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރުގައި ކައުންސިލްތަކުގެ ދަރަޖަ އޭރު އޮތް ގޮތުގެ ސަބަބުން ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ދަރަޖަ މަތިވާންޖެހޭނެކަމަށް އެ މަނިކުފާނު އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވައެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ ކައުންސިލަރުންނަކީ ރައްޔިތުން ތަމްސީލްކުރުމަށް ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ ބަޔަކަށްވުމެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި، އެ ކޮމިޝަނުން މިހާރު ކައުންސިލްތަކުގެ ދަރަޖަ މަތިކޮށްފައިވާކަމަށެވެ. ކައުންސިލްތަކުގެ ދަރަޖަ މަތިކޮށްފައިވާކަން ޕޭ ކޮމިޝަނުން ސިޓީއަކުން މިހާރު ވަނީ އެ މިނިސްޓްރީއަށް އަންގާފައިކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުގެ ދަރަޖަ ބަދަލުވުމުން މުސާރައާއި އިނާޔަތްތަކަށް އަންނާނެ ބަދަލުތަކުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-