ފާއިތުވި ދެތިން ދުވަހު އިނގުރައިދޫން ތަކުރާރުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ މައްކަތް މިހާރު ފަށައިފި ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެގޮތުން އިނގުރައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާއި ގުޅުންހުރި އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފައިވަނީ، ވޭތުވި ތިން ދުވަހު އިނގުރައިދޫން ތަކުރަރުކޮށް ކަރަންޓް ކެނޑިފައިވަނީ، އެރަށުގައި ހިންގަމުންގެންދާ 3 ޖަނަރޭޓަރުގެ ތެރެއިން (400kW) ގެ އެއް ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކުރުމަށް ކުނފުނީގެ ޓިމެއް މިހާރު އިނގުރައިދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ، ރަށްރަށުގެ ޖަނަރޭޓަރުތަކަށް މިހާ ގިނައިން މައްސަލަތައް ކުރިމަތި ވަމުންދަނީ ވޭތުވެދިޔަ 5 އަހަރު އެ ޖަނަރޭޓަރުތައް ސާވިސްކޮށްފައި ނުވުމުންކަމަށެވެ.