-Advertisement-

-Advertisement-

އިސްލާމީ ޙުދޫދުގެ ތެރެއިން އީދު ފާހަގަ ކުރުމަށް ޑރ ޝަހީމް އިލްތިމާސްކުރައްވައިފި

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މި ފަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ތަފާތު އެކި ކުޅިވަރުތައް ބާއްވަމުން އަންނަ އިރު އެ ކުޅިވަރުތައް އިސްލާމް ދީނާއި ދީނީ ސަޤާފަތުގެ މިންގަނޑުތަކުގެ ތެރެއިން ބޭއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަޙީމް އަލީ ސަޢީދު އިލްތިމާސް ކުރައްވައިފިއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައު ވިދާޅުވީ، ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެއް ކަމަށާއި، ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަމަށެވެ.

https://x.com/Mohamedshaheem1/status/1802692745946923103

އެގޮތުން އިސްލާމީ އަޙުލާގާއި ސަޤާފަތާ ތަޢާރުޒު ނުވާ ގޮތަށް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް އެ ޕޯސްޓްގައި ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މި އަހަރުގެ ޢީދު ވަރަށް ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފާހަގަކުރަމުން އަންނަ އިރު އީދާއި ގުޅިގެން  ތަފާތު އެކި ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ ކަންކޮޅުތަކުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ރާއްޖޭގެ 3 ރަށެއްގައި ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ އީދު އަންނަނީ ފާހަގަކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-