-Advertisement-

-Advertisement-

ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިދާރާ – ފޮޓޯ: މިހާރު

ބަނގުރަލުގެ ވިޔަފާރި ކުރަމުން ގެންދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ކުރަމުން ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ހައްޔަރުކޮށްފައިވަނީ، މާލެއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއްކަމަށެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީގޮތުން ބައިވެރިވާކަމުގެ ތުހުމަތު ފުލުހުން ވަނީ މި ދެމީހުންގެ މައްޗަށްވެސް ކޮށްފައެވެ.

މި ދެމީހުންގެވެސް ބަންދާއި ގޮޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެމީހުންގެވެސް ބަންދަށް 30 ދުވަސް ޖަހައިފައެވެ.

ފުލުހުން ވިދާޅުވީ، އެމީހުންގެ މައްޗަށް ކުރާ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

ވުމާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ބަންދުން ދޫކޮށްލުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކަމަށް އެމީހުންގެ ބަންދު އަމުރުގައި ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-