އަޟްޙާ ޢީދުގެ މުނާސަބަތާއި ގުޅިގެން މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވި 43 މީހަކަށް ފިޔަވަޅު އަޅައިފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
އެގޮތުން މި އަހަރުގެ އަޟްޙާ ޢީދާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޢީދު ދުވަހުގެ ހަވީރު 4:00ން އިރުއޮއްސި 6:00އި ދެމެދަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއް ކަމުގައި ކަނޑައަޅައިފައެވެ.
އެގޮތުން މި ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވައިގެން މާލެ ސަރަހައްދު، މާލެ އަދި ހުޅުމާލެ ހިމެނޭހެން 43 މީހަކަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ވަނީ ހަމަކޮށްފައެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާގަޑިތަކުގައި ދުއްވައިގެން އެޅި ފިޔަވަޅުތައް:
- ހުޅުމާލެ ދެވަނަ ފިޔަވަހި – 27 މީހުން
- ހުޅުމާލެ ފުރަތަމަ ފިޔަވަހި – 13 މީހުން
- މާލެ – 3 މީހުން
ޢީދުގެ މުނާސަބަތާއި ގުޅިގެން މި ފަހަކަށް އައިސް އަބަދުވެސް ޢީދު ދުވަސްތަކުގެ ހަވީރުގެ ވަގުތުތަކަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ތަކެއް ކަމުގައި ކަނޑައަޅައެވެ. އަދި މި އުސޫލާއި ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކާއި މެދު ފުލުހުން ވިޔަވަޅު އަޅައި ޖޫރިމަނާވެސް ކުރެއެވެ.