-Advertisement-

-Advertisement-

6 ސިޔާސީ ޕާޓީއަކަށް އިލެކްޝަނުން ފައިސާ ދޫކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ – ފޮޓޯ: ދި އެޑިޝަން

ސިޔާސީ ޕާޓީއަކަށް އިލެކްޝަނުން ފައިސާ ދޫކޮށްފި

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަށް ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށް މިހާތަނަށް ފައިސާ ދޫކޮށްފައިވާކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ އެގޮތުން ފައިސާ ދޫކޮށްފައިވާ ޕާޓީތަކަކީ، އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، ޕީއެންސީ އަދި އަދާލަތު ޕާޓީ ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްސީލު:

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
    • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
    • ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ
    • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
    • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ
    • އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ދޫކުރަނީ ފާއިތުވާ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ބޮލަކަށް 289.62 ރުފިޔާގެ ރޭޓުންނެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 44 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައި ވެއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-