-Advertisement-

-Advertisement-

މަށިމާލި ޕެރޭޑަކީ ބިނާކުރަނިވި ޚިޔާލުތަކާއި މުހިއްމު މެސެޖުތަކެއް ދޭ ހަރަކާތެއް: މިނިސްޓަރ ޝިޔާމް

މީގެ ކުރިން އަހަރެއްގެ ކުޅުދުއްފުށީ މަށި މާލި ޕްރޭޑްގެ ތެރެއިން - ފޮޓޯ/ރަށު އެމްވީ

ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދާއި ދިމާކޮށް ގިނަ އަދަދެއްގެ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ ކުޅުދުށްފުށި މަށިމާލި ޕްރޭޑަކީ ނުހަނު ބިނާކުރަނިވި ފާޑުކިޔުމާއި ސަރުކާރަށް މުހިއްމު މެސެޖްތަކެއް ދޭ ޙަރާކާތެއްގެ ގޮތުގައި މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދުގައި ބާއްވަމުން އަންނަ މަށިމާލި ޕެރޭޑަކީ ގިނަ ދިވެހިންގެ ސަމާލުކަން ހޯދަމުން އަންނަ ހަރަކާތެކެވެ.

https://x.com/Shiyamaldives/status/1802951792520737269

އެގޮތުން، ސަރުކާރުތަކުން ވެރިކަމަށް އައުމަށް ވެފައި ހުންނަ ވަޢުދުތަކުގެ ތެރެއިން ރައްޔިތުންނަށް ފުއްދައި ނުދޭ ވަޢުދުތަކާއި، ސަރުކާރުތަކުން ކުރަމުން އަންނަ ދޯދިޔާ ބައެއް ކަންކަމަށް ފާޑުކިޔައި އެކަންކަން ރަމްޒު ކޮށްދޭ  އެކަމަކަށް ފާޑުކިޔުން އަމާޒުވެ އެންމެ ހޫނުވެގެންދާ ބައެއް ކަންކަމާ ގުޅުން ހުންނަ މާލިތައް ހަދައިގެން ކުޅުދުއްފުށީގައި ޕެރޭޑެއް ކޮންމެ އަހަރަކުވެސް ބާއްވައެވެ.

މި ޕްރޭޑާއި ގުޅުންހުރި ޚަބަރެއް އެކްސްގައި ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއްކަމަށެވެ. އަދި ސަރުކާރުތަކުގެ ބައެއް ސިޔާސަތައް ފާޑުކިޔުމާ، ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތަކަކީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއް ދޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވަޒީރުގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ ޕެރޭޑުގައި އެންމެ ފާހަގަކޮށްލެވޭ ފުޅަނދުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާއި، މިޔަރުގެ ހަމަލާގެ ވާހަކަތަކާއި، ހޫނު މޫސުމަށް ވުރެ ފިނި މޫސުމުގައި ކަރަންޓް ބިލު ބޮޑުވި މައްސަލަ ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-