-Advertisement-

-Advertisement-

ޔޫރޯ 2024: އިންގްލެންޑް 1-0 ސާބިއާ

މިއަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިގިރޭސި ޓީމުގެ ފުރަތަމަ މެޗުން ސާބިއާގެ މައްޗަށް ކުރި ހޯދައި ފެށުން ރަނގަޅުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އިންގްލެންޑް ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑަށް މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ޖޫޑް ބެލިންގްހަމެވެ.

މެޗުން ރަނގަޅު ކުޅުމެއް ދެއްކި އިގިރޭސި ޓީމުން ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް އުފައްދައިފާވާ ނަމަވެސް އެ ފުރުސަތު ތަކުގެ ބޭނުން ހިފިފައިނުވެއެވެ. އެހެންކަމުން މެޗުގެ ފަހުކޮޅު ސާބިއާ ޓީމުން ކުޅުން ރަނގަޅު ކުރުމުން އިންގްލެންޑް ޓީމުން މެޗު ނިންމާލައިފައިވަނީ ވަރަށް ނުތަނަވަސްކަމާއެކުގައެވެ.

މި ނަތީއްޖާއާއެކު އިންގްލެންޑް ޓީމު މިވަގުތު އޮތީ ގްރޫޕް ސީ ތާވަލުގެ އެއްވަނައިގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-