-Advertisement-

-Advertisement-

އެމަބާޕޭގެ ނޭފަތް ބިންދައިގެން ގޮއްސި, ދެން ފެންނާނީ މާސްކަކާއި އެކު

ޔޫރޯ 2024 މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން އެޓީމުގެ ތަރި ކިލިއަން އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް, ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ހޯމަދުވަހުގެ ރޭ ކުޅުނު މި މެޗުގައި އެމްބާޕޭއަށް އަނިޔާވެފައިނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް އޮސްޓްރިއާގެ ކެވިން ޑަންސޯ ގައިގައި ޖެހިގެންނެވެ. މި އަނިޔާ ލިބުމާއެކު ފްރާންސްގެ މެޑިކަލް ޓީމުންވަނީ އޭނާ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭގެ ފަހުން ފްރާންސް ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސްފައިވާކަން ކަށަވަރުކޮށްދީފައި ވެއެވެ. އަދި ދެން އޭނާ ކުޅޭނީ މާސްކެއް އަޅައިގެންކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އެމްބާޕޭ ދެން ކުޅެން ނުކުންނާނެ ދުވަހެއް ކަށަވަރުކޮށްދީފައި ނުވެއެވެ. ފްރާންސް ދެން ނުކުންނާނީ ހުކުރު ދުވަހުގެ ރޭ ނެދަލެންޑްސް އާ ދެކޮޅަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-