-Advertisement-

-Advertisement-

ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ދުވާލުގެ ވަގުތުތަކުގެ ހަމަލާދިނުން ހުއްޓާލައިފި

ފޮޓޯ: އޭއެފްޕީ

ޣައްޒާގައި އިޒްރާއިލުުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ދުވާލުގެ ވަގުތުތަކުގައި ޣައްޒާގެ ދެކުނުހިސާބުގައި ހުއްޓާލައިފިއެވެ.

ހޯމަ ދުވަހު އިޒްރާއިލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ, މިގޮތަށް ދުވާލުގެ ވަގުތުތަކުގައި ހުއްޓާލުމަށް ނިންމާފައިވަނީ އެސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

މިގޮތަށް ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުމަށް, އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން މަރުހަބާ ކިޔައިފައިވެއެވެ. އެހެންނަމަވެސް ޣައްޒާއަށް އެހީ ވައްދާ ގިނަ މަގުތަކެއް ބަންދުކޮށްފައިވުމާއި, އެސަރަހައްދަކީ އެއްވެސް ގާނުނެއް ގަވާއިދެއްގެ ދަށުން ނުހިނގާ ސަރަހައްދަކަށް ވުމުން, އެހީ ފޯރުކޮށްދޭން އަދިވެސް ގޮންޖެހުންތަކެއް ހުރިކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޣައްޒާގައި އެންމެ ބޮޑަށް އެހީ ބޭނުންވާ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އަދިވެސް ހަމަލާދިނުން ހުއްޓާލާފައިނުވާކަން ފާހަނގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-