-Advertisement-

-Advertisement-

އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 246 މިލިއަން ރުފިޔާ ދީފި

ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

މިދިޔަ އަހަރު ލިބުނު ފައިދާއިން އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 246 މިލިއަން ރުފިޔާ ދީފިއެވެ.

މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި 775 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ސަރުކާރަށް ލިބިފައިވަނީ ކަނޑައަޅާފައިވާ މިންވަރުގެ 30 ޕަސެންޓުކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިދިޔަ އަހަރު ނިމުނު އިރު ވެސް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ޑިވިޑެންޑް ލިބިފައި ނުވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު ލިބިފައިވަނީ 710 މިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ 35 ޕަސެންޓު ދަށް އަދަދެކެވެ.

ދައުލަތުން މި ކުންފުނިތަކުގެ މައްޗަށް ކުރަންޖެހޭ ހަރަދާއި އަޅާބަލާއިރު މިކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބެނީ ކުޑަ އަދަދެކެވެ. ފިނޭންސް މިނިސްޓްރީން މީގެ ކުރިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގަވާއިދާ އެއްގޮތަށް ޑިވިޑެންޑް ދެނީ ވަރަށް މަދު ކުންފުންޏަކުންނެވެ.

ގަވާއިދާއި އެއްގޮތަށް ޑިވިޑެންޑް ނުދިނުމުގެ އިތުރުން، މިކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްވެސް ނުދައްކާ ބޮޑެތި އަދަދުތައް ހުރި އިރު މިދިޔަ އަހަރާ ހަމައަށް ޖޫރިމަނާ އާއި ޓެކްސްގެ ގޮތުގައި 880 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަ ހުއްޓެވެ.

އެސްއޯއީގެ ގޮތުގައި ސަރުކާރުން 30 އަށް ވުރެ ގިނަ ކުންފުނި ހިންގަމުން އަންނައިރު އެސްއޯއީތަކުގެ ތެރެއިން ފައިދާވަނީ އޭގެތެރެއިން 50 ޕަސެންޓު ކުންފުނިންނެވެ. ގިނަ ކުންފުނިތައް ހިންގުމަށް ދައުލަތުން ބަޖެޓުން ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު މިއަހަރުގެ ބަޖެޓުން ވެސް އެސްއޯއީތައް ހިންގުމަށް ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-