މާވެޔޮމަގުގައި ހުންނަ މަރުޙަބާ ފިހާރައިގެ ބިއްލޫރި ގަނޑެއް ވެއްޓި، ތަޅައިގެން ގޮސްފިއެވެ.
މާވެޔޮ މަގުގައި ހުރި މަރުހަބާ ފިހަރާއިގެ ބިއްލޫރި ގަނޑެއް ވެއްޓިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި މި ހާދިސާ ހިނގި ސީދާ ވަގުތެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ސމިހާދިސާ ހިނގި ވަގުތު މަގުމަތީ ޕާކުކޮށްފައި ހުރި ބައެއް ސައިކަލުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ބިއްލޫރި ގަނޑެއް ވެއްޓިފައި ވަނީ އެ ފިހާރަ ހުންނަ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.