-Advertisement-

-Advertisement-

ށ. ކަނޑިތީމުގައި ރައްޔިތުން ހަދިޔާކުރި ތަރިކައިން ސަގާފީ މައުރަޒެއް ހުޅުވައިފި

ފޮޓޯ: ކަނޑިތީމު ކައުންސިލް

ށ. ކަނޑިތީމުގައި ރައްޔިތުން ހަދިޔާކުރި ތަރިކައިން ސަގާފީ މައުރަޒެއް ހުޅުވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު “ކަނޑިސާރު” ގެ ނަމުން ނަންކިޔާފައިވާ މިމައުރަޒު ހުޅުވާފައިވުމުގެ ބޭނުމަކީ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށް ކަނޑިތީމު ކައުންސިލްގެ ރައީސް އަޙުމަދު އަހުސަން ވިދާޅުވިއެވެ.

އަޙުސަން ވިދާޅުވެފައިވާ ގޮތުގައި މި މައުރަޒަކީ ކަނޑިތީމު ޒުވާނުންގެ ޓީމެއްގެ އިސްނެގުމުގެ މަތިން ހުޅުވާފައިވާ މައުރަޒެއް ކަމަށާއި މިކަން ކުރުމަށް ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ދީފައިވާނޭ ކަމަށެވެ.

“މި ކަން މި ފެށީ ރަށުގެ ޒުވާން ޓީމަކާއި ކައުންސިލާ ވެސް ގުޅިގެން. ރަށުގެ ޒުވާން ޓީމެއް އިސްނަގައިގެން ފެށި މަސައްކަތެއް މިއީ. ދެން ކައުންސިލުން އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ،” އަހުސަން ވިދާޅުވިއެވެ.

އެގޮތުން މައުރަޒަށް ބޭނުންވާ އިމާރާތް ރަށު ކައުންސިލްގެ ފަރާތުން ހަމަޖައްސައިދީފައިވާނޭ ކަމަށާއި މީގެ ފަސް އަހަރު ކުރިން މައުރަޒުގެ މަސައްކަތް ފެށިފައިވާނޭ ކަމަށް އަޙުސަން ވިދާޅުވިއެވެ. އެގޮތުން މަރުރަޒު އުވާލެވިފައިވާ ކަނޑިތީމުގެ އިހުގެ އަންހެނުންގެ މިސްކިތުގައި މިމައުރަޒު ހުޅުވާފައިވަނީ އެމިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް އެމިސްކިތަށް ތަކެތި ބަދަލުކޮށްގެންނެވެ.

މިމައުރަޒަކީ ކަނޑިތީމަށް ނިސްބަތްވާ ތަރިކަ ބެހެއްޓިފައި ހުރި މައުރަޒެއް ކަން ފާހަގަ ކުރައްވާ އަޙުސަން ވިދާޅުވީ މިމައުރަޒުގައި ހުރި ތަކެއްޗަކީ ކަނޑިތީމު ރައްޔިތުން ހަދިޔާ ކޮށްފައިވާ ތަކެތި ކަމުގައި އަޙުސަން ވިދާޅުވިއެވެ.

ކަނޑިތީމު ޒުވާނުންގެ އިސްނެގުމުގެ މަތީން މިފަދަ މައުރަޒެއް ހުޅުވުމާއި ގުޅިގެން ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވަނީ ކަނޑިތީމު ކައުންސިލްގެ ރައީސް އަހުސަނަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފައެވެ.

އެގޮތުން ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުމުގެ މުހިންމު ކަމަށް އަލިއަޅުވާލާ ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މައުނަވީ ތަރިކަތަކެއް ވެސް ހުންނާނެ ކަމަށާއި، މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މައުނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ވަޒީރު އެދިވަޑައިގަތެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކަނޑިތީމުން ކުރަމުންދާ ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް އެކަން ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންޚިޔާލު ބަދަލުކުރުމަށް ކައުންސިލާ ބައްދަލު ކުރެއްވުމަށް  ބޭނުންވާކަމަށާއި އެ މަސައްކަތުގައި ވުޒާރާގެ ފަރާތުން ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެދެއްވާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-