ހުޅުމާލެއިން މާލެއަށް އަންނަ ހަލި މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް ސީނުން ފިލި ޑްރައިވަރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ލުހުންގެ މީޑިއާ އޮފިޝަލު އަހުމަދު ޝިފާން ވިދާޅުވީ ރޭ 8:45 ހާއިރު ހިނގި މި އެކްސިޑެންޓަކީ، ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށާއި، އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބީ އަންހެންކާއި ފިރިހެނެއް ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި އެ ދެމީހުންނަށްވެސް އަނިޔާވެފައިވާކަމަށާއި އެހެންނަމަވެސް އެއީ ސީރިޔަސް އަނިޔާތަކެއް ނޫންކަމުގައި ޝިފާން ވިދާޅުވިއެވެ.
އަދި އެކްސިޑެންޓް ހިނގުމާ ގުޅިގެން ވެހިކަލް ދުއްވި މީހާ އެ ސިނުން ފިލާފައިވާ ކަމަށާއި އޭނަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އެ ހާދީސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.