-Advertisement-

-Advertisement-

ތިންވަނަ ފިޔަވަހި ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ހިއްކާ ސަރަހައްދުން ނެގުމަށް އަންގައިފައިވާ އުޅަނދުތައް - ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް މި މަހުގެ 23ގެ ނިޔަލަށް އެޗްޑީސީން މުހުލަތު ދީފިއެވެ.

މިކަން ހާމަކޮށް ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.

އެގޮތުން ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ.

ހަމަ އެޔާއެކު އެ ސަރަހައްދުގައި ރަތް ކުލައިން ފާހަގަވާނޭ ގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން އަންގައިފައިވާއިރު،  23 ގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމަށް މީގެ ކުރިންވެސް އެކި ފަހަރުގެ މަތިން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-