-Advertisement-

-Advertisement-

މާލޭގައި ފެންބޮޑުވާ މަގުތައް އަލުން މަރާމާތު ކުރަން ފަށައިފި

މާލެ ސިޓީކައުންސިލުން ފަލާހު ޕްރީސްކޫލު ކުރިމަތީ މަގު އަލުން މަރާމާތު ކުރަނީ - ފޮޓޯ/ މާލެ ސިޓީކައުންސިލު

ވިއްސާރަވެ މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އަނެއްކާވެސް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓި ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީގައި ފެން ބޮޑުވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު  މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތީ މަގު މަރާމާތު ކުރުމަށް ރޫޅަލަމުންގެންދާ ކަމަށެވެ.

އެގޮތުން އެ މަގަކީ ފެން ހިނދުން ލަސް މަގެއް ކަމަށާއި މިހާރު ކުރަމުން ގެންދާ މަސައްކަތް ނިމުމާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމުގައި މޭޔަރ ވަނީ ވިދާޅުވެފައެވެ.

އަދި މިހާރު ކުރިއަށް ގެންދެވޭ މަރާމާތަށް ފަހު އެ މަގުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާ މީހުނަށާއި ސްކޫލް ކުދީންނަށް ވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށްވެސް މޭޔަރ ގެ ޕޯސްޓްގައި ވެއެވެ.

ހަމައެޔާއެކު މާލޭގައި އެގޮތަށް ފެން ބޮޑުވާ ހުރިހާ މަގެއްގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ކުރެވިގެންދާނެ ކަމުއިވެސް އެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މި ފަހުން ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައި މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވިކަން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-