ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު މަރުވި މައްސަލަ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފިއެވެ.
ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ މީހަކު މަރުވެފައިވާ ކަމަށާއި އެ ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
Last Monday night (17th of June 2024), a construction worker from India working at the Thilamale’ Bridge Site has passed away. The incident is currently being investigated by the relevant authorities with the support of the contractor. We would like to further clarify that news…
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 19, 2024
“މިފުރުސަތުގައި ތިލަމާލެ ބްރިޖު ސައިޓުގައި ނިޔާވި ފަރާތުގެ އާއިލާއަށް މިނިސްޓްރީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ،” އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހެއް މަރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ފަހު ފުލުހުން ބުނެފައިވަނީ މަރުވެފައިވަނީ ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް އެމީހާ ގެންދެވުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.
ތިލަމާލެ ބުރިޖު ސަރަހައްދުން މަރުވެފައިވަނީ އިންޑިއާ މީހެއް ކަމުގެ އިތުރުން މިމައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އެގައުމުގެ އެފްކޮންސްއިން ކުރިއަށް ގެންދާ ތިލަމާލެ ބުރިޖުގެ މަޝްރޫއު، 2026 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.