-Advertisement-

-Advertisement-

އެންމެ ފަހު ކިލޭގެފާނު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވެއްޖެ

ފޮޓޯ: ސަން އޮންލައިން

އެންމެ ފަހު ކިލޭގެފާނު އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރަކަށް ހުންނެވި ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވެއްޖެ އެވެ.

މިއަދު އެމަނިކުފާނު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އުމުރުން 87 އަހަރު ގައެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަކީ ސުމުއްވުލްއަމީރު ކިލޭގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ދިރިހުންނެވި ހަމައެކަނި ބޭފުޅާއެވެ. އެމަނިކުފާނު އަކީ 1968 ގައި ދިވެހި ޖުމުހޫރިއްޔާ ފެށި އެކުލަވާލެވުނު ފުރަތަމަ ކެބިނެޓު މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާ ވެސް މެއެވެ.

އެމަނިކުފާނަކީ ގައުމަށް އެތަކެއް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދިވެހި ޖުމްހޫރިއްޔާ އެކުލަވާލުމަށްފަހު ފުރަތަމަ 10 އަހަރު 1968 އިން 1978 އަށް އެމަނިކުފާނު ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ.

މީގެ އިތުރުނ އަބްދުލްހަންނާން ހަލީމަކީ 1968 މި ޖުމުހޫރިއްޔާގެ ފުރަތަމަ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވުނު އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް އަދާ ކުރައްވައިފައިވާ ބޭފުޅެކެވެ.

އެމަނިކުފާނަކީ، މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްފުޅުން ސައްޔިދު ބޭފުޅެކެވެ. ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލި ރަސްދަރިކޮޅާއި އެހެނިހެން ރަސްދަރިކޮޅުތަކާއި މަތީ ދަރިކޮޅުތަކަށް ނިސްބަތްވާ ބޭފުޅެކެވެ.

މިރޭ އިޝާ ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައި އެ މަނިކުފާނުގެ ޖަނާޒާ އޮންނާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-