މާލޭގައި ހުންނަ “ސޮރީ ބޯއީސް” ފިހާރަ ފަޅާލައިގެން ވަގަށް ގެންދިޔަ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.
މާލޭގެ މަޖީދީ މަގު މާފަންނު ސަރަހައްދުގައި ހުންނަ “ސޮރީ ބޯއީސް” ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަޖީދީމަގުގައި ނަލަހިޔާ ކުރިމަތީގައި ހުންނަ ލޯންޖްރީޒް ވިއްކާ މިފިހާރައިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ވަނީ މިހާރު ހޯދާފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
“މި ފިހާރަ އިން ގެއްލުނު ތަކެތި ރިކަވާ ކުރެވިފައިވޭ،” ފުލުހުން ބުންޏެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު، މިމައްސަލަ ދަނީ މިހާރު ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.