-Advertisement-

-Advertisement-

އައްޑޫ ސިޓީ ގާމެންޓް ފެކްޓަރީގެ ސަބަބުން ވަޒީފާތައް އުފެދި، އައްޑޫގެ އިގްތިސާދަށް ބޮޑު އަސަރެއްކުރާނެ: މޭޔަރު ނިޒާރު

އައްޑޫ ސިޓީގައި ތަރައްގީކުރާ ގާމެންޓް ފެކްޓަރީގެ ސަބަބުން ވަޒީފާތައް އުފެދި، އައްޑޫގެ އިގްތިސާދަށް ބޮޑު އަސަރެއްކުރާނެކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ

މި މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު މިފަހަރު އައްޑޫ ސިޓީ ގާމެންޓް ފެކްޓަރީ ހިންގުން ކާމިޔާބު ވާނެކަމަށާއި އެފެކްޓްރީގެ ސަބަބުން އައްޑޫ ސިޓީގެ އިގުތިސާދަށް ހެޔޮ އަސަރުކުރާނެ ކަމަށް ވެސް މޭޔަރު ނިޒާރު ވިދާޅުވެފައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ކާމިޔާބު ކަމާ އެކު ގާމެންޓް ފެކްޓަރީ ހިންގުމުގެ މަސައްކަތް ކުރެވިދާނެ ކަމަށާއި އައްޑޫގައި މީގެ ކުރީން ވެސް ގާމެންޓް ފެކްޓަރީ ހިންގާފައިވާ ކަމަށެވެ.

ނިޒާރު އިތުރަށް ވިދާޅުވީ މިފަހަރު ފެކްޓަރީ ހިންގާނީ މީގެ ކުރިން އައްޑޫގައި އެކަން ކުރި ގޮތަކަށް ނޫން ކަމަށެވެ. އަދި ފެކްޓަރީ ހިންގުމުގައި ދިމާވާނެ ދަތިތަކަކީ އެ މަސައްކަތް ކުރާނެ ލޭބަރުން ހޯދުންކަމަށް ފާހަގަ ކުރައްވާ ނިޒާރު ވިދާޅުވީ ގާމެންޓް ފެކްޓަރީގެ ސަބަބުން ވަޒީފާތައް އުފެދި، އައްޑޫގެ އިގްތިސާދަށް ވެސް ބޮޑު އަސަރެއްކުރާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ގާމެންޓް ފެކްޓްރީއެއް ހިނގުމަށް ބަލާއިރު، ރާއްޖެއަށް ވެސް ޑިމާންޑްހުރި ބައެއް އައިޓަމްތައް ހުރިކަމަށާއި މިކަމަށް ބޭނުންވާ ސާމާނުތައް ހަމަ އެކަނި އައްޑޫން އުފައްދައިގެން ވެސް އެ ތަކެތި ރާއްޖެއަށް ސަޕްލައި ކުރެވިދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

“..ހަމައެކަނި ރިޒޯޓުތަކަށާއި ގެސްޓްހައުސްތަކަށް މި ބޭނުންވާ ބައެއް ކަހަލަ ސާމާނު، މިސާލަކަށް ބެޑްޝީޓާއި ޓަވަލްސްއަކީ ވެސް ރާއްޖެއަށް މެދުނުކެނޑި ކޮންމެ މަހަކު ވެސް އެތެރެ ކުރަންޖެހޭ އެއްޗެހިތަކެއް. އެ އެއްޗިއްސަކީ އައު ކުރަން ޖެހޭ އެއްޗެހި،” މޭޔަރު ވިދާޅުވިއެވެ.

ހަމައެއާއެކު އަވަށްޓެރި ބައެއް ގައުމުތަކުން ވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަތަކުގެ ތަކެތި އުފައްދައިގެން ޔޫރަޕަށް އެކްސްޕޯޓް ކުރާކަން ވެސް މޭޔަރުވަނީ ފާހަގަ ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-