-Advertisement-

-Advertisement-

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ކަނޑުގައި އަޅާފައި އޮތް އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި. ފޮޓޯ: އެޓޯލް ޓައިމްސް

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމާފައިވާތީ އެ ސަރަހައްދުގެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އެ ކުންފުނިން އަންގައިފިއެވެ.

އިއްޔެ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީއާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން އުޅަނދުތައް ރައްކާތެރި ކުރުމަށް އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގާކަމަށެވެ.

އެގޮތުން ރަތްކުލައިން ފާހަގަ ވާނޭ ގޮތަށް ފަޅުތެރޭގައި އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 00:00 ގެ ކުރިން މި އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-