-Advertisement-

-Advertisement-

މެލޭޝިއާއިން ބްރިކްސްއާ ގުޅެން ނިންމައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް. ފޮޓޯ: ބްރީޒީސްކްރޯލް

ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ މައްޗަށް އެކުލެވޭ މާލީ އިއްތިހާދު ބްރިކްސް ގުރޫޕާ ގުޅެން ޝައުގުވެރިވާކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންވަރު އިބްރާހީމް މި ޚަބަރު އިއުލާން ކުރެއްވީ ޗައިނާގެ މީޑިއާއެއްކަމަށްވާ ގުއާންޗާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން އަންވަރު އިބްރާހިމް ވިދާޅުވީ، ބްރިކްސްގެ މިހާރުގެ ޗެއާކަމަށްވާ ދެކުނު އެފްރިކާއިން އެ އިއްތިހާދުގައި ބައިވެރިވުމަށް ރަސްމީކޮށް ދައުވަތު ލިބުމުން، އެ މާލީ އިއްތިހާދާ ރަސްމީގޮތުން ގުޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބްރިކްސްގައި ބައިވެރިވުމަކީ މެލޭޝިއާއަށް ފައިދާ ބޮޑު ގޮތެއްކަމަށް ލަފާލިބިވަޑައިގެންފައި އޮތްކަމަށެވެ.

އަންވަރު ވިދާޅުވީ މެލޭޝިއާގެ ކެބިނެޓްގައި މަޝްވަރާތައް ނިންމެވުމަށް ފަހު، ބްރިކްސްއަށް ޝައުގުވެރިވާކަން ދެކުނު އެފްރިކާއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ގައުމުން އަދި ވަކި އެއްޗެއް ނުބުނާކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

ބްރިކްސްއަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާއިން 2006 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. ދެކުނު އެފްރިކާއިން 2010 ވަނަ އަހަރު އެ އިއްތިހާދާ ގުޅުމުން އެ އިއްތިހާދު މަޝްހޫރުވީ ބްރިކްސްގެ ނަމުންނެވެ. މިދިޔަ ޖެނުއަރީ މަހު މިސްރު، އިތިއޯޕިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވަނީ ބްރިކްސްއާ ގުޅިފައެވެ. އަދި އިތުރު 40 ގައުމަކުން ވެސް ވަނީ ބްރިކްސްއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަންވަރު ވިދާޅުވީ ބްރިކްސް ޖަމާއަތުގެ ނަމާ ބެހޭ ގޮތުން ބްރެޒިލްގެ ރައީސް ލޫލާއާ މަޝްވަރާކުރެއްވިކަމަށެވެ. އަދި މެންބަރުންގެ އަދަދު އިތުރުވިއެއްކަމަކު، ނަމަށް ބަދަލު ނުގެންނަ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-