-Advertisement-

-Advertisement-

މާލެއިން ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ

މާލެއިން ގެއްލިގެން ހޯދަމުން ދާކަން އިއްޔެ ފުލުހުން އިއުލާނުކުރި އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެންލިގެން ހޯދަމުން ދާކަން ފުލުހުން އިއުލާނުކުރީ، މ. އެނބޫމާގެއާގެ އުމުރުން 14 އަހަރުގެ ޚާދީޖާ ޔަލްވީ ނަމަކަމަށް ކިޔާ ކުއްޖެކެވެ.

ފުލުހުން އެކްސަގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގެއްލިގެން ހޯދަމުން ދިޔަ ޔަލްވީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާކަމަށެވެ.

އަދި ޔަލްވީގެ ހާލު ރަނގަޅުކަމުގައިވެސް ފުލުހުންގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އާއިލާއަށް ޚަބަރެއް ނުވެގެން ޔަލްވީ ހޯދަމުން އައީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމުގައިވެސް ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މާލެއިން ދޭތެރެ ދޭތެރެއިން ކުޑަކުދިންގެ ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކުރެއެވެ. އެގޮތަށް ގެއްލިގެން އިއުލާނުކުރާ ކުދިންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެން ކުދިންކަންވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-