-Advertisement-

-Advertisement-

ލައިސެންސް ނެތި ދުއްވި އުޅަނދެއް ޓޯ ކޮށްފި

ފޮޓޯ: ޕޮލިސް މީޑިއާ

ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން ވެލަނާ އިންޓާރނޭޝަނަލް އެއާރޕޯޓް ކައިރިން އުޅަނދެއް ޓޯ ކޮށްފިއެވެ.

ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން އެއުޅަނދު ޓޯ ކޮށްފައި ވަނީ އެއާޕޯޓް ލައިޓް ކައިރިން ދަތުރު ކުރަނިކޮށް ހުއްޓުވައި ޗެކުކުރި އިރު ޑްރައިވިން ލައިސަންސް ނެތި ދުއްވިކަން ފާހަގަ ކުރެވިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1،364 ޓްރެފިކް އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާއިރު، މީގެ ތެރޭގައި ގަވާއިދާ ހިލާފަށް ދުއްވުމާ ގުޅިގެން ގިނަ އަދަދެއްގެ އެކްސިޑެންޓުތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން ގަވާއިދާއިޚިލާފަށް ދުއްވުމުގެ ސަބަބުން ވެފައިވާ ގިނަ އެކްސިޑެންޓްތަކުގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވުމާއި އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެފައިވާކަން ފާހަގަ ކުރެވެއެވެ. އެކްސިޑެންޓު ގިނަވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކޮންޓްރޯލް ނުވުން ކަމުގައި ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-