-Advertisement-

-Advertisement-

ކުށް ކުރާ ކުޑަ ކުދިންގެ މައްސަލައަށް އޮތް ހައްލަކީ އެ ކުދިންގެ މާހައުލު ބަދަލުކުރުމަށް އިންވެސްޓްކުރުން: ޕީޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް. ފޮޓޯ: އެޑިޝަމް.އެމްވީ

ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުން ނޫންކަމަށާއި އޭގެ ބަދަލުގައި އެ ކުދިންގެ މާހައުލު ބަދަލުކުރަން އިންވެސްޓު ކުރުން މާ ރަނގަޅުކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ބްލޮގެއްގައެވެ. އެ ލިޔުއްވުމުގައި ޝަމީމް ވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހައްލެއް ހޯދިފައި ނުވާ މައްސަލައެއްކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. އަދި ފުލުހުންގެ ތަޙުޤީޤީ އިދާރާ ހިމެނޭހެން ސަރުކާރުގެ ބައެއް ބޭފުޅުން ޤަބޫލު ކުރައްވަނީ ކުށްކުރާ ކުޑަކުދިން ހުއްޓުވުމުގެ ހައްލަކީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ނުވަތަ 10 އަހަރަށް ހަގު ކުރުމަށް ފަހު، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތް ހެދުންކަމަށެވެ.

ޝަމީމްގެ ބްލޮގުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި ކުޑަކުދިން ކުށްކުރަނީ އެ ކުދިންގެ މާހައުލުން އެ ކަމަށް ހިތްވަރު ލިބޭތީކަމަށް ގަބޫލު ކުރެވެއެވެ. އަދި ކުށަށް ހިތްވަރު ލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާތީ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއް ކަމަކީ، ކުށުގެ ނުރައްކަލަށް ހުށަހެޅިފައި ތިބި ކުދިންގެ މާހައުލު ބަދަލުކުރެވޭތޯ ބެލުންކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

“ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުން” ޝަމީމް ލިޔުއްވާފައިވެއެވެ.

މި ބަދަލު ގެނައުމުގެ ބާރު ޤާނޫނު ތަންފީޒު ކުރާ މީހުންނަށް އެބަ އޮތްކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މިއީ ކެތްތެރިކަމާއި ސާބިތުކަމާއެކީ ދައުލަތުގެ ވަސީލަތްތައް އެ ކަމަށް ހޭދަކޮށްގެން ކުރެވޭނެ މަސައްކަތެއްގެ ގޮތުގައި ޝަމީމް ވަނީ ސިފަކުރައްވާފައެވެ.

“އެ ކަން ކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ މީހުންނަށް އެބަ އޮތެވެ. ނަމަވެސް، މާހައުލު ބަދަލުކުރުމާއި އެ ބަދަލާ އެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫނެވެ. ވަގުތަކުން ނަތީޖާއެއް ނުފެންނާނެއެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެއެވެ. ދައުލަތުގެ ވަސީލަތްތައް ވެސް އެ ކަމަށް ހޭދަކޮށްގެން، އެ ކުއްޖާއާއި އެ ކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހެއެވެ.” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ މިއީ ކުޑަ ނޫން މަސައްކަތެއްކަމަށެވެ. ނަމަވެސް ބައެއް ފަހަރު ކުދިންގެ މާހައުލު ބަދަލުކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ހަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް ގަބޫލުކުރެއްވޭކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތުވާނެކަމަށް ވެސް ޝަމީމް ވިދާޅުވެފައިވެއެވެ. ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަން ވެގެން ނޫންކަމަށާއި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ހެނދުނު ހޭލައިގެން މިއަދު ކުށެއް ކުރާނަމޭ ހިތަށް އަރާނެ ކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ގަބޫލު ކޮށްފާނެކަމަށް އޭނާގެ ހިތެއް ނުބުނާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އިސްލާހުކުރަން ހުށަހަޅާފައިވާ ގާނޫނުތަކުގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިމެނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އުމުރު ދަށްކުރާނެއެވ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-