-Advertisement-

-Advertisement-

ޔޫރޯ 2024: ރޮނާލްޑޯ ރެކޯޑް ހެދި މެޗުން ފަހުވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ޔޫރޯ 2024 މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޗެކް ރިޕަބްލިކާއި ދެކޮޅަށް ކުޅެ ފަހަތުން އަރައި ފަހު ވަގުތު ޖެހި ގޯލަކުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

2016 އަހަރުގެ ޔޫރޯ ތަށި ކާމިޔާބު ކުރި ޕޯޗުގަލް ޓީމުން މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވީނަމަވެސް މެޗުގެ ފުރަތަމަ ފުރަތަމަ ގޯލް 62 މިނުޓުގައި ކާމިޔާބުކުރީ ޗެކް ރިޕަބްލިކުންނެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ބައިކޮޅަށް ޖެހުނު ގޯލަކުން ޕޯޗުގަލްއިން ނަތީއްޖަ ހަމަހަމަކޮށްފައިވާއިރު, ދެވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 92 ވަނަ މިނުޓުގައި ފްރެންސިސްކޯ ކޮންސެއިކާއޯ އެވެ.

މި މެޗު ވެގެންދިޔައީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރަށް ތާރީޚީ މެޗަކަށެވެ. އޭނާވަނީ ޔޫރޯ 6 މުބާރާތެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ހޯދައި ރެކޯޑް ގާއިމްކޮށްފައެވެ. އޭނާއަށް މި މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ގޯލެއް ޖެހިފައިނުވެއެވެ. އުމުރުން 39 އަހަރުގެ ރޮނާލްޑޯވަނީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި 10 ގޯލު ޖަހާފައެވެ.

ޕޯޗުގަލްގެ ދެވަނަ މެޗުގައި ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ތުރުކީ އާއި ދެކޮޅަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-