ޔޫރޯ 2024 މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ހަންގޭރީ އަތުން 2-0 ގެ ނަތީއްޖާއަކުން ޖާމަނީ މޮޅުވެއްޖެއެވެ.
މިއަހަރު އަމިއްލަ ގައުމުގައި ކުޅޭ ޖަރުމަން ޓީމުން ދެހާފުގައި ދެގޯލު ކާމިޔާބު ކޮށްދީފައިވާއިރު, ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 22 ވަނަ މިނުޓުގައި ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިޔާލާއެވެ. ދެވަނަ ގޯލު ކާމިޔާބުކުރިީ މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ބަދަލުވި އިލްކޭ ގުންޑޮގަން އެވެ.
މި ނަތީއްޖާއާއެކު ޖަރުމަން ޓީމުން ވަނީ ޔޫރޯ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. މިއީ ޔޫރޯ މުބާރާތެއްގައި ކުޅުނު ފުރަތަމަ 2 މެޗު ޖަރުމަން ޓީމުން ކާމިޔާބު ކުރި ފަސްވަނަ ފަހަރެވެ. އަދި މީގެ ކުރިން އެގޮތަށް 2 މެޗު ކާމިޔާބުކުރި 3 ފަހަރު އެޓީމުން ވަނީ ޔޫރޯގެ ތަށި ކާމިޔާބު ކޮށްފައެވެ.
ޖަރުމަން ޓީމަކީ މިއަހަރުގެ ޔޫރޯ މުބާރާތްވެސް ކާމިޔާބު ކުރާނެކަމަށް ގިނަ ގަބޫލުކުރާ ޓީމެކެވެ. އެޓީމުން ދެން ކުޅޭނީ ޖޫން 23 ވަނަ ދުވަހު ސިވްޒަލެންޑާއި ދެކޮޅަށެވެ.