-Advertisement-

-Advertisement-

ކޮޕާ އެމެރިކާ: އާޖެންޓީނާ ފުރަތަމަ މެޗުން މޮޅުވެއްޖެ, މެސީއަށް އިތުރު ރިކޯޑެއް

ދުނިޔޭގެ ތާރީޚުގައިވެސް ގައުމީ ޓީމުތައް ކުޅޭ އެންމެ ދުވަސްވީ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ 48 ވަނަ މުބާރާތުގެ ފުރަތަމަ މެޗުން ކެނެޑާ އަތުން އާޖެންޓިނާ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާގެ މާސެޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީއްޖާއަކުންނެވެ. އެ ގޯލުތައް އާޖެންޓީނާއަށް ކާމިޔާބު ކޮށްދީފައިވަނީ މެންޗެސްޓާ ސިޓިގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ އިތުރުން އިންޓަ މިލާންގެ ލައުޓަރޯ މާޓިނޭޒްއެވެ.

މި މެޗަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ވަރަށް ތާރީޚީ މެޗެކެވެ. އޭނާވަނީ ކޮޕާ އެމެރިކާގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ. މި މެޗުގައި މެސީއަށް ގޯލް ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައި ނުވެއެވެ.

މި މެޗަކީ ކެނެޑާއިން ކޮޕާ އެމެރިކާގެ ތާރީޚުގައި ކުޅުނު ފުރަތަމަ މެޗެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-