-Advertisement-

-Advertisement-

މިއަދާއި މާދަމާ ވެސް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

ވިއްސާރަވެ ކަނޑުގަދަ ވެފައި ވަނިކޮށް ދަތުރުފަތުރުގައި ނިކުމެ އުޅޭ އުޅަނދުތަކެއް

މިއަދާއި މާދަމާ ވެސް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

ޢީދު ބަންދު ނިންމާފައި އެންމެން ދަތުރުކުރާއިރު ޢީދު ބަންދަށް ފަހު އާދިއްތަ ދުވަހު ސްކޫލުތަކާއި އޮފީސްތައް އަލުން ހުޅުވޭއިރު ކުރިއަށް އޮތް ދެދުވަހު ގިނަ ބަޔަކު ކަނޑުމަތިން ދަރުކުރާނެ އެވެ.

މިއަދު މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދާއި މާދަމާ ވެސް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ލާފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާ އެކު ވާރޭވެހޭނެ ކަމަށާއި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް މިއަދާއި މާދަމާ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލުގެ ބާރު މިނަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ވެސް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-