-Advertisement-

-Advertisement-

ވޭމަނޑޫގައި ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނަކާމެދު ފުލުހުން އަމަލު ކުރި ގޮތް ތަޙުޤީޤު ކުރަނީ

ތ އަތޮޅު ވޭމަނޑޫ. ފޮޓޯ: ސޯޝަލް މީޑިއާ

ތ އަތޮޅު ވޭމަނޑޫގައި ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނަކާމެދު ފުލުހުންގެ އަމަލުތައް ބެހެއްޓި ގޮތް ތަޙުޤީޤުކޮށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތް ނަމަ ރަނގަޅުކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ލައިސެންސް ނެތި ވޭމަނޑޫގައި ސައިކަލު ދުއްވި ޒުވާނެއް މި މަހުގެ 12 ވަނަ ދުވަހު އެ ރަށުގެ ފުލުހުން ވަނީ ޖޫރިމަނާ ކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ހުއްޓުވާފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ސައިކަލުގައި ވަނުމަށްފަހު ނުކުމެގެން ދިއުމުގެ ތެރޭގައެވެ. އަދި އޭނާ ދުއްވަން އިން ސައިކަލު 15 ދުވަހަށް ފުލުހުން ޓޯ ކުރިކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ. މި ހާދިސާގައި ފުލުހުން އަމަލު ކުރި ގޮތާ މެދު އޭނާގެ އާއިލާގެ ފަރާތުން ޝަކުވާތަކެއް ވަނީ ކޮށްފައެވެ.

“މި ޚިދުމަތުން އެ ހާދިސާ އިތުރަށް ބެލުމަށް ފަހު މި ޚިދުމަތުގެ ފަރާތުން ޚިދުމަތް ދިނުމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ.” މި މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި ޓެކްސްޓް މެސެޖުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-