-Advertisement-

-Advertisement-

އެކްސްޕްލޯ މޯލްޑިވްސް ރޯޑްޝޯ އަންނަ ބުދަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ. ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިންސް

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާތީއާއި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް މަދުވެފައިވާތީ، މި ކަން ބަދަލު ކުރުމަށް އެމްއެމްޕީއާރުސީއާއި މަންތާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 26 ވަނަ ދުވަހު ރޯޑްޝޯއެއް ބާއްވަން ނިންމައިފިއެވެ.

“އެކްސްޕްލޯ މޯލްޑިވްސް ރޯޑްޝޯ”ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބެންގަލޫރުގެ ޝަންގްރިއްލާ ހޮޓެލުގައެވެ. މި ޝޯގެ ބޭނުމަކީ ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ. ހަމައެއާއެކު އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުވެ ގުޅުން ބަދަހި ކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެ އިތުރުން އެ ރޯޑްޝޯގައި އިންޑިއާގައި އެންމެ ފުޅާކޮށް އޮޕަރޭޓު ކުރާ ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން އިންޑިއާގެ މެއިންސްޓްރީމް މީޑިއާތައް ހިމެނޭހެން 150އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ފަތުރުވެރިންގެ މާކެޓުތަކުގެ ތެރެއިން އިންޑިއާގެ މާކެޓަކީ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ މާކެޓެއްކަމަށެވެ. އަދި ދިވެހި ފަތުރުވެރިކަމަށް އިންޑިއާގެ މާކެޓުގެ މުހިންމުކަމުގެ ވާހަކަ ވެސް ޝިއުރީ ފާހަގަކުރެއްވިއެވެ.

“އިންޑިއާއަކީ މިއަދު އެންމެ ކުރިއަރަމުން އަންނަ އައުޓްބައުންޑް ޓްރެވެލް މާކެޓުގެ ގޮތުގައި ފާހަގަ ކުރެވޭ އިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް، ޝައްކެއް ވެސް ނެތް ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގެ އިސް ފަރާތްތަކަށް މި ރޯޑްޝޯގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބި، ރާއްޖެއަށް ލިބިފައިވާ ލާސާނީ ސިފަތައް އިތުރަށް ޕްރޮމޯޓުކޮށް ރާއްޖެއަކީ ފުރިހަމަ މަންޒިލެއްކަން ދައްކައިލުމުގެ ފުރުސަތު ފަހިވެގެންދާނެ” ޝިއުރީ ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ކުޑައިމީސްކޮށް ފުރައްސާރަ ކުރިކަން މޯދީގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-