-Advertisement-

-Advertisement-

ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް

މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގައި މޭޔަރު އާޒިމް ވާހަކަ ދައްކަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލޭގެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވުނު ހިސާބުން ވެސް އަމާޒަކަށްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފެއްޓެވި ކަންތައްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުންކަމަށެވެ. އަދި އެ ގޮތުގައި ސާބިތުވެ ހުންނަވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ވަކި ސަރުކާރަކުން ނުވަތަ ވަކި ބޭފުޅަކު ފެއްޓެވި މަސައްކަތަކަށްވުމުން އެ މަސައްކަތް ހުއްޓާލުމުގެ ސަގާފަތް ރާއްޖޭގައި ދޫކޮށްލަން ޖެހޭކަމަށާއި އެ ފަދައިން ކަންކަން ހުއްޓާލުމުން ރައްޔިތުންގެ ވަގުތާއި އެތައް ބައިވަރު ފައިސާތަކެއް ގެއްލިގެންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި މި ސަރުކާރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެންނާނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރައްވާ މަންޒަރުކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް އައްޔަނުވުމުގެ ކުރިން އާޒިމަކީ އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-