-Advertisement-

-Advertisement-

ފުވައްމުލަކުން ފިރިހެނަކު ގެއްލިގެން ހޯދަނީ.

ޏ. ފުވައްމުލައް، ދިގުވާޑޫ، އެފްރޯގެ، އަޙްމަދު އިޔާޒް ވަސީމް. ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން އިއްޔެ ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ޏ. ފުވައްމުލައް ސިޓީގެ، ދިގުވާޑޫ، އެފްރޯގެ، އަޙްމަދު އިޔާޒް ވަސީމް ކަމަށެވެ. އިޔާޒް އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވަނީ އާންމުކޮށްފައެވެ.

އިޔާޝް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުކަމަށް އާއިލާއިން މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިޔާޝް ގެއްލުނީ ސީދާ ފުވައްމުލަކުން ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ކުރި ޕޯސްޓުން އެނގޭކަށް ނެތެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ފުލުހުންގެ ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-