-Advertisement-

-Advertisement-

ޔޫރޯ 2024: ފްރާންސް އަދި ނެދަލެންޑްސް އެއްވަރު

ޔޫރޯ 2024 ގައި ޔޫރަޕުގެ ގަދަ ދެ ބާރެއް ކަމަށްވާ ފްރާންސް އަދި ނެދަލެންޑްސް ބައްދަލުކުރި މެޗުން އެއްވެސް ގޯލެއް ނުޖެހި ދެޓީމު އެއްވަރު ވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ޖަރުމަނުގެ ލެއިޕްޒެއިގް ގައި ކުޅުނު މި މެޗުގައި ނެދަލެންޑްސް އިން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ބެލުމުން ނެދަލެންޑްސް އިން އެކަމާ ވަރަށް ހިންހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެ ގޯލު ނެދަލެންޑްސް އަށް ކާމިޔާބު ކުރީ ޒަވީ ސިމޮންސްއެވެ. މި ގޯލު ރެފްރީ ބަލައިގަނެފައި ނުވަނީ ނެދަލެންޑްސްގެ ކުޅުންތެރިޔާ ޑަމްފްރައިސް އޮފްސައިޑްގައި ހުރެ ކުޅުމަށް ނުފޫޒު ފޯރުކޮށްދީފައިވުމުންނެވެ.

ފްރާންސް އިން މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފައްދާފައިވީ ނަމަވެސް އެއްވެސް ގޯލެއް ޖެހިފައި ނުވެއެވެ. މި މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކުޅެފައިނުވާކަން ފާހަނގަކޮށްލެވެއެވެ. އޭނާ އެންމެ ފަހުން ކުޅުނު މެޗުގައި ނޭފަތް ބިންދައިގެން ގޮސް އަނިޔާވުމުގެ ސަބަބުން މި މެޗުގައި އޭނާ އިނީ ބެންޗުގައެވެ.

ފްރާންސް އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 25 ވަނަ ދުވަހު ކުޅޭނީ ޕޮލެންޑާއި ދެކޮޅަށެވެ. އަދި ނެދަލެންޑްސް އިން ހަމަ އެދުވަހު ކުޅޭނީ އޮސްޓްރިއާ އާއި ދެކޮޅަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-