ސޯމާލިޔާ ބަޔަކާއެކު ރާއްޖޭގެ ފަޅުރަށަކަށް ޑިންގީއެއް ލައްގައިފިއެވެ.
ފުލުހުން ވިދާޅުވީ، ނ އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ލެއްގި ޑިންގީގައި ސޯމާލިޔާއަށް ނިސްބަތްވާ ތިން މީހުން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
ވަވަތިއަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ.
ފުލުހުން އަންނަނީ މިކަން އިތުރަށް ތަޙުޤީގު ކުރަމުންނެވެ.