މި މަހުގެ 15 ވަނަ ދުވަހުގެ ފަތިހު މާރީމާރީއެއް ހިނގުމަށްފަހު ފިލަން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގާ ކާރުން ޖެއްސުމަށް ފަހު ފިލި ދެވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ދިޔަ ފުލުހުން ދިއުމުން އެސަރަހައްދުގައިވާ ކާރަކަށް އަރައިގެން ފިލަން އުޅުމުން އެކާރު ހުއްޓުވުމަށް މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު އެމީހާ ފިލާފައިވާ ކަމަށެވެ.
މިމާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުނެވެ.
އެ މައްސަލައިގައި ފުލުހުން ހޯދަމުންދާ ދެވަނަ މީހާ މިއަދުގެ ހަވީރު 5:44 ގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން ވަނީ މިއަދު ވިދާޅުވެފައެވެ.