-Advertisement-

-Advertisement-

ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ހައިވޭގައި ދުއްވާފައިދާ ޕިކަޕަކާއި ސައިކަލެއް

ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.

ސައިކަލު ކާހާލައިގެން ވެއްޓި އިއްޔެ ހިނގި އެކްސިޑެންޓުގައި ސްރީލަންކާ ފިރިހެނަކަށް އަނިޔާވެފައިވާއިރު، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 6:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ކަމަށް އެހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މިމައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-