އެކްސްގައި އިސްލާމްދީނަށް ފުރައްސާރަކޮށް މީހަކު ކުރި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އިސްލާމްދީނަށް ކުޑަމީސްކޮށް އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އެކްސްގައި އިއްޔެ ކޮށްފައިވާ ޕޯސްޓުގައި ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށް ޔޯގާ ކުރުން ދީފައު ކޮށްފައިވެއެވެ.
ގިނަ ބަޔަކު ދަނީ މި ޕޯސްޓާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިމައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.
އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިސްލާމްދީނަށް ފުރައްސާރަކޮށް ކޮށްފައިވާ މިޕޯސްޓަށް އެހެން އެކައުންޓަކުން ވެސް އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ކޮމެންޓު ކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު އެ އެކައުންޓް ވަނީ ޑިލިޓް ކޮށްލާފައެވެ.
ފުލުހުން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކި އެކި ޕޯސްޓު ކުރި މީހުންގެ މައްސަލަ ބަލާފައެވެ.