-Advertisement-

-Advertisement-

ޔޫރޯ 2024: ފަސޭހަ މޮޅަކާ އެކު ގްރޫޕްގެ އެއްވަނަ ޕޯޗުގަލް އަށް

ޔޫރޯ 2024 ގައި ކުޅުނު ދެވަނަ މެޗުގައި ފަސޭހަ ކަމާއެކު ތުރުކީ ބަލިކޮށް ގްރޫޕް އެފް ގެ އެއްވަނަ މަގާމު ޕޯޗުގަލް އިން ކަށަވަރު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖަރުމަން ވިލާތުގެ ޑޯޓްމަންޑްގައި ކުޅުނު މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ގޯލުތައް ކާމިޔާބު ކޮށްފައިވަނީ އެޓީމުގެ ބަނާންޑޯ ސިލްވާ, ބަނާންޑޯ ފެނާންޑޭޒްގެ އިތުރުން ތުރުކީގެ އަކައިދިން އަމިއްލަ ގޯލަށް ވައްދާލި ލަނޑެކެވެ.

ޕޯޗުގަލްގެ ޓީމުން މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވީނަމަވެސް އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަދިވެސް މުބާރާތުގައި ގޯލެއް ޖެހޭގޮތެއް ނުވެއެވެ. އޭނާއަށް ދެވަނަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް, އަމިއްލައަށް ޝޫޓް ކުރުމުގެ ބަދަލުގައި ފެނާންޑޭސް އަށް ގޯލުޖަހަން ފުރުސަތު ދީފައިވެއެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯއަކީ ޕޯޗުގަލް ޓީމުގެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ ނޫންކަން ފާހަނގަ ކޮށްލެވެއެވެ. ޕޯޗުގަލްގެ 41 އަހަރުގެ މަޝްހޫރު ޑިފެންޑަރު ޕެޕޭ ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި މޭން އޮފް ދަ މެޗް ހޯދާފައެވެ.

މި މުބާރާތުގައި ސަޕޯޓަރުން އެންމެ ފޯރި ގަދަކޮށް ފެންނަ ތުރުކީ ޓީމަށް މި މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް ގްރޫޕް ސްޓޭޖްގެ ފަހު މެޗުން ޗެކް ރިޕަބްލިކް އަތުން ރަނގަޅު ނަތީއްޖާއެއް ނެރެވިއްޖެ ނަމަ ތުރުކީ ދެވަނަ ބުރަށް ކޮލިފައިވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-