-Advertisement-

-Advertisement-

މިކިޔައިދެނީ ކަސްރަތާއި ނުލައިވެސް މޫޑް ރަނގަޅު ކުރެވިދާނެ ގޮތްތަކެއް!

ކަސްރަތަކީ މޫޑް ރަނގަޅު ކުރުމަށް ގިނަބަޔަކު ކުރާ އަދި ގިނަބަޔަކަށް އިނގޭ ގޮތް ނަމަވެސް، ހަމަ ކަސްރަތުގެ ނަތީޖާ ހޯދިދާނެ އެހެން ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ އަހަރެމެންނަށް ވަރަށް ހައިރާންވެސް ވެދާނެފަދަ އާދައިގެ ކުދިކުދި ކަންކަމެވެ. ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ހޯދުމަށް ތަފާތު އެކި ގޮތްތައް ހޯދިދާނެއެވެ. ބޭނުމަކީ ސިކުނޑި އަށް ލުއިކޮށްދީ ހިތަށް ހަމަޖެހުން ގެނައުމެވެ. މިލިޔުމުގައި މިބަލާލަނީ ތިމާގެ މޫޑް ރަނގަޅުކޮށް ބޫސްޓް ކޮށްލުމަށްޓަކައި ކުރެވިދާނެ 5 ކަމަކަށެވެ.

1. އިރުގެ އަލި ލިބިގަތުން
އިރުގެ އަލި ލިބުމުން އަހަރުމެންގެ ސިކުނޑިން ސެރޮޓޮނިން ހޯރމޯން ނުވަތަ އުފާވާ ހޯރމޯން އުފައްދާ މިންވަރު އިތުރުކުރެއެވެ. އޭގެ ސަބަބުން ހަމަޖެހުން ލިބި، އަހަރުމެންގެ ސަމާލުކކަން ދޭ މިންވަރު އިތުރުކުރުމަށް އެހީތެރިވެދެއެވެ. ބައެއް ދިރާސާތކުން ދައްކާ ގޮތުގައި އަހަރުމެންގެ ސިކުނޑިން މި ހޯމޯން އުފެއްދުމާއި އެންމެ ބޮޑަށް ގުޅިފައިވަނީ އަހަރެމެންނަށް އިރުގެ އަލި ލިބޭ ވަގުތާއިއެވެ.

2. ބްރޭކެއް ނެގުން
މެޑިޓޭޓް ކުރުން ނުވަތަ ކުޑައިރުކޮޅަކު ނިދާލުމަކީ ވެސް ބްރޭކް ނެގިދާނެ ގޮތްތަކެކެވެ. މިއީ ސްޓްރެސް ނައްތާލުމަށް އަހަރުމެންނަށް އެހީތެރިވެދޭކަން ފާހަގަކުރެވިފައިވާ ކަންކަމެވެ. ނަމަވެސް، މަދު މިނެޓް ކޮޅަކަށް ޤަވާއިދުން ކުރު ބްރޭކް ނެގުމަކީ އަހަރުމެން ހަމަޖެހިލުމަށް މުހިނންމު ކަމަކަށް ވެދާނެއެވެ. މިއީ އަހަރުމެންގެ ހިތުގެ ދުވެލި ދަށްކޮށްދީ ސިއްޙަތަށް ހޮޔޮ އަސަރު ކުރާނެފަދަ ކަމެކެވެ.

3. ފޯނާއި ދުރަށްޖެހިލުން
މޯބައިލް ފޯން ނުވަތަ މިފަދަ އެހެންވެސް އާލާތްތައް މާގިނައިން ބޭނުންކުރުމަކީ ނަފްސާނީ ސިއްޙަތާއި ނިދި އަދި މީހާގެ އުފެއްދުންތެރިކަމަށްވެސް އޭގެން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އަހަރެމެންނަށް އެއާއި ނުލައި ނޫޅޭވޭ އެއްޗަކަށް އަހަރެމެންގެ ފޯނު ވެފައިވާއިރު، ދުވާލުގެ ގިނަވަގުތު އަހަރެމެން ހޭދަކުރާނީ ވެސް އެއަށް ބަލަހައްޓައިގެން އިނުމުގައެވެ.

4. ލިޔުން
ތިބާގެ އިޙްސާސްތައް ލިޔުމަކީ ސިކުނޑީގައި ގިނަ ކަންތައްތަކެއް ހުރިނަމަ، އެ ލިސްޓް ލިޔެލުމަކީ އެކަންތައްތަކާއި ކުރިމަތިލުމަށް ވަރަށް ފަސޭހަ ގޮތެކެވެ. ދުވާލުގެ ގަޑިތަކުން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް “ޢެކްސްޕްރެސިވް ރައިޓިންގް” އަށް ޙާއްސަކޮށް ސިކުނޑި ހުސްކޮށްލުމަށް ތިމާގެ ނަފްސަށް ވަގުތުކޮޅެއް ދިނުމަކީ ދުވާލުގެ ބޮޑުބައި ތިމާއަށް ހިތްހަމަޖެހުން ގެނުވައިދޭނެ ކަމެކެވެ.

5. އާ ހުނަރެއް ދަސްކުރުން
ސްޓްރެސްވެފައި ހުނަނަ ނަމަ، ކުރަންހުރި ކަންތައްތަކަށް އިތުރުކަމެއް އައުމަކީ އެގެ ހައްލުކަން ޤަބޫލުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަމަކު، އާކަމެއް ދަސްކުރުމަކީ ސްޓްރެސް ކުޑަކުރުމަށާއި މީހާ ހަމަޖެހިލުމަށް އެންމެ ފައިދާހުރު އެއްގޮތް ކަމުގެ ހެކިތައް އެބަހުއްޓެވެ. ވީމާ މޫޑް ރަނަގަޅުކޮށް މީހާއަށް އުފާވެރި ވަގުތުކޮޅަކަށް ކޮންމެވެސް އާކަމެއްގައި މަޝްއޫލުވެލުމަކީ ހައްލަކަށް ވެދާނެއެވެ.

މުހިންމީ މީހާގެ ސްޓްރެސް މެނޭޖްކޮށް އުފާވެރި އަދި ހިތްހަމަޖެހޭ ވަގުތުތަކެއް ހޯދުމެވެ. މިކަމަށްޓަކައި މީހާގެ ސިކުނޑިއަށް ވެރިވެފައިވާ ބިޒީކަން ނުވަތަ ނުތަނަވަސްކަން ފިލުވާލުމަށް ހައްލު ހޯދުން މުހިންމެވެ. އެކިއެކި ކަންކަމުން މިކަމަށް އެހީތެރިވެދޭއިރު ތިމާ އަށް އެންމެ ފައިދާ ކުރާ އަދި ފަސޭހަ ކަމެއް ފާހަގަކޮށް އެކަން ކުރުމަށް ވަގުތު ކޮލެއްދޭށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-