-Advertisement-

-Advertisement-

ޔޫރޯ 2024: ބެލްޖިއަމް އިން ރޮމޭނިއާ ބަލިކޮށްފި

ބެލްޖިއަމް އިން ޔޫރޯ 2024 ގައި ކުޅުނު ދެވަނަ މެޗުން 2-0 ގެ ނަތީއްޖާއަކު ރޮމޭނިއާ ބަލިކޮށްފިއެވެ.

ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ބެލްޖިއަމް ޓީމުގެ މި ނަތީއްޖާއާއެކު ގްރޫޕް އީގެ ހުރިހާ ޓީމެއްވެސް މިވަގުތު އޮތީ 3 ޕޮއިންޓާއެކު ހަމަހަމަކޮށެވެ. މި މެޗުގައި ބެލްޖިއަމްގެ ދެގޯލު ކާމިޔާބު ކޮށްފައިވަނީ އެސްޓަން ވިލާގެ ޔޫރި ޓީލަމެންސް އަދި މެންޗެސްޓާ ސިޓީގެ ތަރި ކެވިން ޑެ ބްރޫނާ އެވެ.

މި މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ގޯލެއް ޖަހާފައިވީ ނަމަވެސް ވީއޭއާރުން އެގޯލު އޮފްސައިޑް ކަމަށް ކަނޑައަޅައި ގޯލު ބަލައިގަނެފައި ނުވެއެވެ. މިއީ މި މުބާރާތުގައި ލުކާކޫ މިގޮތަށް ޖެހި ތިންވަނަ ގޯލުކަން ފާހަނގަ ކޮށްލެވެއެވެ. އެ ތިން ގޯލުވެސް ވީއޭއާރުން ބަލައިގަނެފައި ނުވެއެވެ.

މި ނަތީއްޖާއާއެކު ގްރޫޕް އީގެ ހަތަރު ޓީމަށްވެސް ފަހު މެޗުން ދެވަނަ ބުރަށް ކޮލިފައިވުމުގެ ހަމަހަމަ ފުރުސަތު ލިބިގެންވާކަން ފާހަނގަ ކޮށްލެވެއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބެލްޖިއަމް އިން ޔުކްރޭނާ ދެކޮޅަށް ނުކުންނަ އިރު ރޮމޭނިއާ އިން ކުޅޭނީ ސޮލޮވޭކިއާ އާއި ދެކޮޅަށެވެ.

ގްރޫޕް އީގެ ފަހު މެޗުތައް އޮންނާނީ ޖޫން 26 ވަނަ ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-