-Advertisement-

-Advertisement-

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ މައި ޖަގަހަ “ޕީއެންސީ ހައުސް” ހުޅުވައިފި

ފޮޓޯ: ސަން އޮންލައިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ މައި ޖަގަހަކަމަށްވާ “ޕީއެންސީ ހައުސް” ހުޅުވައިފިއެވެ.

ވެރިކަންކުރާ ޕާޓީގެ މައި ޖަގަހަ ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ޖަގަހަ ހުޅުވުމުގެ ކުރިން  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖަގަހައިގައި ޕީއެންސީގެ ދިދަ ނަންގަވައިދެއްވާފައެވެ.

ޕީއެންސީ ހައުސް ބޭއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީ އާއި ޕީޕީއެމްގެ ލީޑަރޝިޕްގެ އިތުރުން ސަރުކާރާއެކު މަސައްކަތްކުރަމުން އަންނަ ޕާޓީތަކުގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާޓިފިޝަލް ބީޗް ކުރިމަތި، ހ.ވެޔޮވިލާގައި ޕީއެންސީ ހައުސް ހުޅުވާފައިވާއިރު، މިހަރަކާތަކީ މިދިޔަ އޭޕްރީލްމަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު އެ ޕާޓީން ބޭއްވި ފުރަތަމަ ސިޔާސީ ހަރަކާތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-