-Advertisement-

-Advertisement-

ޓެކްނިކަލް މައްސަލައެއް ދިމާވެ މޯލްޑިވިއަންގެ ބޯޓެއް ގްރައުންޑް ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިން އިންޑިއާގެ ޓްރުވެންޑްރަމަށް ފުރި މޯލްޑިވިއަންގެ ބޯޓެއް ޓެކްނިކަލް މައްސަލައަކާހުރެ އަނބުރައި ރާއްޖެއަށް ޖައްސައިފިއެވެ.

ފްލައިޓު Q2700 އެއާބަސް، A320 ޓްރިވެންޑްރަމަށް ފުރިތާ ކުޑައިރުކޮޅެއް ފަހުން އަނބުރައި ވީއައިއޭއަށް ޖެއްސީ ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ ކަމަށް މޯލްޑިވިއަން އެއާރލައިންސް އިން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ޓެކްނިކަލް މައްސަލައަކާހުރެ ފްލައިޓް ގްރައުންޑް ކުރަން ޖެހުމުން އޭގައި ތިބި ފަސިންޖަރުން ފޮނުވާލާފައިވާ ކަމަށާއި ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ޓްވިވެންޑަރަމަށް މިއަދު ފުރި ފްލައިޓް ކެންސަލް ކޮށްފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް މޯލްޑިވިއަންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވި މައްސަލަ އަދި ދެނެގަނެވިފައިނުވާ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-