-Advertisement-

-Advertisement-

ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލި ދެވަނަ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

މާރާމާރީއެއް ހުއްޓުވުމަށް މަސައްކަތްކުރި ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލި ދެވަނަ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ދިހަ ނަންބަރު ފްލެޓު ކައިރީގައި ހިންގި މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގައި ޖައްސާފައި ފިލި 22 އަހަރުގެ މީހާ އިއްޔެ ހައްޔަރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ހުޅުމާލޭގައި މަރާމާރީ ހިނގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެސަރަހައްދަށް ފުލުހުން ގޮސް ފިލަން މަސައްކަތް ކުރި މީހާ ހުއްޓުވުމަށް ފުލުހަކު ކާރު އެއްފަރާތަށް އެރުމުން ފުލުސް މީހާގެ ފައިމައްޗަށް ކާރު އެރުވުމަށްފަހު ކާރު ފަހަތަށް ޖެއްސި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ކާރު ހުއްޓުވުމުގެ ގޮތުން ކާރުގެ ކުރިމައްޗަށް ދެ ފުލުހަކު އެރުމުން ވެސް ބާރު ސްޕީޑުގައި މަޑުނުކޮށް ކާރު ފިލާފައި ވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިމައްސަލަ އާއި ގުޅުވައިގެން މީގެ ކުރިން ހައްޔަރުކުރި މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، މި މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕީޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-