-Advertisement-

-Advertisement-

މަސައްކަތުގެ ވަގުތުގައި ސިއްޙަތާއި ދުޅަހެޔޮކަން އިތުރު ކުރެވޭނެ ގޮތްތައް

ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ހޯދަން އަހަރުމެން އެންމެން ކުރާ މަސައްކަތުގައި ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް އެއްވަރަކަށް އެއްގޮތަކަށް މަސައްކަތް ކުރުން މުހިންމެވެ. އެގޮތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި ގުޅުވައި މަސައްކަތުގެ ކަންކަން މިލަނޑުދަނޑިތަކާއި އެއްމަގު ކުރުމަށް މަސައްކަތް ކުރުންވެސް ވެގެންދާނީ މިފަދަ ދިރިއުޅުމެއް ހާސިލް ކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމަކަށެވެ. މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި މަސައްކަތާއި މެދު މީހާ ދެކޭގޮތް ބަދަލުކުރުމާއި ގުޅުވައި ގިނަ ދިރާސާތަކެއް ކުރެވެމުންދާ މި ދުވަސްވަރުގައި މަސައްކަތުގެ މާހައުލުގައި މިކަންކަން ހާސިލް ކުރުމަށް ކުރެވޭނެ ކަންތައްތައްވެސް ފާހަގަކުރެވިފައި އެބަހުއްޓެވެ.

ވީމާ، މަސައްކަތުގެ މާހައުލުގައި ސިއްޙަތާއި ދުޅަހެޔޮކަން އިތުރު ކުރުމަށް މިކަންކަން ކޮށްލުމަށް ސަމާޅުވަމާ ހެއްޔެވެ!

1. ކޮފީ ބުއިން
10ގަޑި ސައިގެ ހައިލައިޓަކީ މިހާރުވެސް އިންތިޒާރުކުރާ ކޮފީތަށި ކަމުގައި ވެދާނެއެވެ. ކޮފީ އަކީ އެންޓި-އިންފްލެމޭޓަރީ އަސަރުތަކެއް ކުރުވާ އެންޓޮއޮކްސިޑެންޓެއް ކަމަށްވާ ޕޮލިފެނޯލްސް މުއްސަނދި އެއްޗެކެވެ. އެހެންކަމުން މި ބުއިމުގެ ސަބަބުން ހިތާއި ސިކުޑީގެ މަސައްކަތް ރަނގަޅުވެ، ސަމާލުކަން އިތުރު ކޮށްދޭ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

2. ގަވާއިދުން ބްރޭކް ނެގުން
ކޮންމެ މަސައްކަތެއް ކުރާ މީހެއް ކަމގައި ބީނަމަވެސް، ގަވާއިދުން ކުރު ބްރޭކްތައް ނެގުން ބެލެވެނީ އެތައް ގޮތަކުން ހަށިގަނޑަށް ފައިދާ ކުރާ ކަމެއގެ ގޮތުގައެވެ. މިސާލަކަށް ކުރު ބްރޭކްތައް ނެގުމުން ހިތުގެ ތެޅުން ދަށްކޮށްދީ މީހާ ހަމަޖެހިލުމަށް އެހީތެރިވެއެވެ. އޭގެ އިތުރުން ސިކުނޑި އެހްނ ކަންކަމަށް ފޯކަސް ބަދަލުކޮށްލައި، އުފެއްދުންތެރި ވިސްނުމާއި، މޫޑު ރަނގަޅު ކުރުމަށާއި، ރަނގަޅު ނިންމުންތައް ނިންމުމަށާއި، މައުލޫމާތު ޕްރޮސެސް ކުރުމަށްވެސް މިއީ މުހިންމު ކަމެކެވެ.

3. ފެން ބުއިން
އަހަރެމެންގެ ހަށިގަނޑުގެ 60އިންސައްތަ އަދި ސިކުނޑީގެ 90އިންސައްތަ ފެން އެކުލެވިގެންވާއިރު، މީގެތެރެއިން 1 ނުވަތަ 2އިންސައްތަ މަދުވުމުންވެސް އޭގެ އަސަރު މުޅި ހަށިގަނޑަށާއި ނަފްސާނީ ޤާބިލުކަމަށް ކުރެއެވެ. ހުރިހާ ވަގުތެއްގައި މީހާ ހައިޑްރޭޓްވެފައި ހުރުމުގެ މިއީވެސް އެއް ސަބަބެވެ. އެހެންކަމުން، ދުވާލުގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ފެނުގެ ކޯޓާ ހަމަކުރުމަށް އަތްފޯރާ ހިސާބުގައި އަބަދުވެސް ފެންފުޅު ބެހެއްޓުމަށް ސަމާލުކަންދޭށެވެ.

4. ކޮޅަށް ތެދުވުން
ގިނައިރު އިށީނދެ އިނުމަކީ ސިއްޙީ އެތައް މަސއްލަތަކެއް ކުރިމަތިވާ ކަމުގެ އަސްލެކެވެ. މިއީ އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ޓައިޕް 2 ޑައިބެޓިކްސްގެ ނުރައްކާ އިތުރުވާ ކަމަކަށްވާއިރު، ދުވާލަކު ދެތިން މިނެޓް ތެދުވެލުމުނެ ހިތުގެ ހިނގުން އަވަސްކޮށްލައި ލޭގެ ހަކުރު ދަށްކޮށްދީ މީހާގެ މެޓަބޮލިޒަމް އަށް އެލީތެރިވުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް މަގުފަހިކޮށްދެއެވެ.

5. ބަދަން އަދި ޑާކް ޗޮކްލެޓް ކެއުން
ކޮފީ ފަދައިން ޑާކް ޗޮކްލެޓާއި ބަދަނަކީ ވެސް ޕޮލިފެނޯލްސް ގިނަ އެއްޗަކަށަވާއިރު، މީގެ ސަބަބުން ކުރުމުއްދަތުގެ ހަނދާނާއި، ފަރިތަކަމާއި، ސަމާލުކަން އިތުރުކުރުން ފަދަ ސިކުނޑީގެ މަސައްކަތްތަކަށް ފައިދާ ކުރެއެވެ. ބަދަނަކީ ހަކަތައިގެ މިންވަރު އިތުރިކޮށްދީ، ކެންސަރާއި ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެއްކަމަށް ދިރާސާތަކުން ދައްކައެވެ.

މަސައްކަތުގެ މާހައުލަގައި ކުރެވޭނެ ކަންކަން ފާހަގަކޮށްލެވުނު އިރު ދުވަހަށް ތައްޔާރުވެ މަސައްކައުގެ ކުރިންނާއި ދުވަސް ނިންމާލުމަށް ކުރެވިދާނެ ކަންތައްތައްވެސް އެބަހުއްޓެވެ. މިސާލަކަށް ދުވަސް ފެށުމަށްޓަކައި ކުރު ރާސްތާއަކަށް ހިނގާލުން، ހެނދުނު ގަޑީގައި ފިނި ފެނުން ފެންވެރުމަކީ މީހާގެ މަސައްކަތްތެރިކަން އިތުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަންތައްތަކެވެ. އޭގެ އިތުރުން ދުވަސް ނިންމާލުމަށްޓަކައި ހޫނު ފެނުން ފެންވެރުމާއި ފޮތް ކިޔުމަކީ ވެސް މިކަމަށް އެހީތެރިވެދޭ ކަންކަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-