-Advertisement-

-Advertisement-

ޙައްޖާޖީން ބަލާ އެއާޕޯޓަށް ދާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި

ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އަންނަ ޙައްޖާޖީން ބަލާ އެއާޕޯޓަށް ދާ ގާތްތިމާގެ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މި ގޮތަށް އިލްތިމާސްކޮށް ފުލުހުންގެ އިދާރާއިން އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް އާންމުކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ޙައްޖާޖީން އައުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފާރާތްތަކުން ވެސް  މި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަކީ ފުލުހުންގެ އިލްތިމާސެކެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ޙައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވަނީ މިއަދެވެ. ދިވެހި ޙައްޖުވެރިންގެ ތެރެއިން 296 މީހަކު މިއަދު ރާއްޖެ އައިސްފައިވެއެވެ. ރާއްޖެ އައުމަށް ޙައްޖުވެރިން މައްކާ ހޮޓަލުން ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓަށް ދިޔައީ ރޭގެ ދަންވަރުގެ ވަގުތުގައެވެ. ޙައްޖުވެރިން އެއަރޕޯޓަށް ދިޔައީ އެ ކަމަށް ޚާއްޞަކޮށްފައިވާ ބަސްތަކުގައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް ފުރާފައިވަނީ ސަޢުދީޢަރަބިއްޔާގެ ގަޑިން ފަތިހު 5:55 ހާއިރެވެ.

ޖުމްލަ 4 ދުވަހަށް ބަހާލައިގެން ޙައްޖުވެރިން ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ އާންމުކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި ޙައްޖުވެރިން ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ދުވަސްތައް:

  • ޖޫން 28 – ހުކުރު
  • ޖުލައި 01 – ހޯމަ
  • ޖުލައި 04 – ބުރާސްފަތި

ޙައްޖުގެ މި މަތިވެރި އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަށް މަގު އޮޅި އުޅޭ ތަނަށް އަންނަން ނޭނގުމުގެ ޙާދިސާތައް ހިނގިއެވެ. އެހެންނަމަވެސް މި އަހަރު ބޭނުންކުރި ޓްރެކިން ޑިވައިސްގެ އެހީތެރިކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ މީހުން ހޯދިފައިވާކަމަށް އިސްލާމިން މިނިސްޓްރީން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-