-Advertisement-

-Advertisement-

ރެފްރީންގެ ކިބައިން ތަފާތުކުރުންތައް ފެންނަކަމަށް ހަންގޭރީގެ ކޯޗު މާކޯ ބުނެފި.

ހަންގޭރީގެ ކޯޗު މާކޯ ރޮސީ. ފޮޓޯ: ދި އިންޑިޕެންޑެންޓް

ޔޫރޯ 2024 ގެ މެޗުތަކުން ބޮޑެތި ޓީމުތަކަށް ރެފްރީންގެ ކިބައިން ޙާއްޞަކަމެއް ބަހައްޓާކަމަށް ހަންގޭރީގެ ކޯޗު މާކޯ ރޮސީ ބުނެފިއެވެ.

މާކޯ ބުނި ގޮތުގައި އޭނާ އެދެނީ އެ ޓީމުތަކަށް ބަހައްޓާ ޙާއްޞަކަމާއި އެ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ ރައްކާތެރިކަން ހަންގޭރީ ކުޅުންތެރިންނަށް ވެސް ރެފްރީންގެ ފަރާތުން ލިބިދިނުމަށެވެ.

“އަހަރެމެން ބޭނުންވޭ ބޮޑެތި ޓީމުތަކުގެ ކުޅުންތެރިން ބޭނުންވާ ހިމާޔަތް. މިސާލަކަށް އިންގްލެންޑާއި ޖަރުމަނު އަދި އިޓަލީ ކަހަލަ ޓީމުތައް ކުޅޭއިރު އެޓީމުތަކާ މެދު އަމަލުކުރާ ގޮތް ތަފާތުވޭ ބައެއް ރެފްރީންގެ ފަރާތުން. އެންމެފަހުން އަހަރެމެން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުން ފުރަތަމަ ގޯލެއް ޖެހީ ފައުލެއް ކޮށްފައި. އެމެޗުގައި ހުރި ޑަޗް ރެފްރީ އެކަމަށް ފަރުވާލެއް ނުދިން. އަހަަރެން އެކަންތައް މި ނަގަކީ އެކްސްކިއުސްއަކަށް ނޫން. އެ ގޯލު ނުޖެހުނަސް ޖަރުމަނު މޮޅުވާނެ. އަހަރެމެން ބޭނުންވަނީ މެޗު އޮފިޝަލުން އަބަދު އެއް ލެވެލްއެއްގައި މެޗަށް ބެލުމަށް” މާކޯ ބުންޏެވެ.

ރޮސީ ބުނީ ވީއޭއާރާއި އެހެނިހެން އެހީތެރިކަމާއެކު ރެފްރީކަން ކުރަމުންދާ އިރު، ޖޯޖިއާއެކޭ ހަންގޭރީއެކޭ، އިޓަލީއާއި ޖަރުމަނު އަދި އިންގްލެންޑާ ރެފްރީންގެ ނަޒަރުގައި ތަފާތު ވެގެން ނުވާނެކަމަށެވެ.

ރޭ ގްރޫޕް އޭގެ ފަހު މެޗުގައި ހަންގޭރީ ވަނީ ސްކޮޓްލެންޑާއި ދެކޮޅަށް ކުޅެފައެވެ. މި މެޗުން ހަންގޭރީ ވަނީ ސްކޮޓްލެންޑްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-